ނޮޅިވަރަމްފަރުން ކަރަންޓު ކެނޑިއްޖެ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްފަރުން ކަރަންޓު ކެނޑިއްޖެއެވެ.
އެރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ ދެ އިންޖީނަކަށް މައްސަލަ ދިމާވެގެން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އިންޖީނުތަކަށް މައްސަލަ ދިމާވާން ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. .
އެރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ފެނަކަ ކޯޕްރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން ބުނީ، އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވާނެ ވަކިވަގުތެއް ބުނަން ދަތިކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު