ރައީސްގެ ދެކަނބަލުން އުނގޫފާރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރ.އުނގޫފާރަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. މިރޭ 8:30 ގައި، އުނގޫފާރުގައި އޮންނަ މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް ރައީސް އޮފީހުންވަނީ ބުނެފައެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު