މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރު ކޮށްފި

image ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި -- ޕޮލިސް ފައިލް ފޮޓޯ

މަސްތުވާތަކެއްޗާއެކު ޅ. ހިންނަވަރުން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވަނީ ގެނެސްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭ ގޯތިތެރެއިން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހެނދުނު 10:00 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް