މަސްތުވާ ތަކެއްޗާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

image މަސްތުވާތަކެތީގެ ބޭނުންކުރާ މީހުން އިތުރުވަމުންދާއިރު ފުލުހުންދަނީ އެކަން ހުއްޓުވުަމަށް މަސައްކަތް ކުރަމުން

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިލީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ޕޮލިސް އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ހަރަކާތެއްގައި މަސްތުވާ ތަކެއްޗާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

ޕޮލިސް އިންޓަލިޖެންސާއި ވިލިގިލި ޕޮލިސް ސްޓޭޝަން ގުޅިގެން ރޭ 23:30 ހާއިރު ހިންގި ހަރަކާތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ވިލިގިލީ ބަރާސީލުމަގުގައި ފުލުހުން ކުރިއަށް ގެންދި މި ހަރަކާތުގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސް އެ ދެމީހުންގެ ހަށިގަނޑާއި ތިބި ސަރަޙައްދު ބަލައި ފާސްކުރިއިރު އެސަރަޙައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 6 ރަބަރު ޕެކެޓް ވަނީ ފެނިފައި ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ގއ. ވިލިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް