ކާނާ ވިހަވެގެން އެޑުމިޓުކުރި އެންމެން ދޫކޮށްލައިފި

ކާނާ ވިހަވެގެން ލ. މާބައިދޫ ސިއްހީ މަރުކަޒުގައި އިއްޔެ އެޑުމިޓުކުރި އެންމެން ދޫކޮށްލައިފިއެވެ.
އެމީހުން ކާނާ ވިހަވެފައިވަނީ ކުނި ވެފައިވާ ކަނޑުމަހުން ތައްޔާރުކޮށްފައިވާ ކާނާއެއް ކެއުމުގެ ސަބަބުންނެވެ. ކާނާ ވިހަވެގެން 51 އެއް މީހަކު އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވެއެވެ. އަދި އޭގެ ތެރެއިން ތިން ކުއްޖަކު އިތުރު ފަރުވާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވެއެވެ. އެ ތިން ކުދިންވެސް ވަނީ އިއްޔަ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު