ސީއެމްބިޔުލާންސް ހޯދުމަށް ބޭނުންވާ ފަންނީ އެހީހޯދާނެ ގޮތަކާމެދު މަޝްމަވަރާ ކޮށްފި
ހޯދުމަށް ހަމަޖެހިފައިވާ ސީ އެމްބިއުލަންސްތައް ހޯދުމާ ގުޅޭގޮތުންނާއި، ރާއްޖެއަށް އެންމެ އެކަށީގެންވާ ސީ އެމްބިއުލަންސް ހޯދުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ފަންނީ އެހީ ހޯދުމާ ގުޅޭ ގޮތުންވެސް ރާއްޖެއާއި ޗައިނާއިން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ޗައިނީސް ޕީޕަލްސް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމެއް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޗައިނީސް ޕީޕަލްސް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ފޮރިން އެފެއަރޒް އޮފީހުގެ ސެޕެޝަލް ކޮމިޝަނަރ މޭޖަރ ޖެނެރަލް ކުންގ ލީ އެވެ.
މިބައްދަލުވުމުގައި ޗައިނީސް ޕީޕަލް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމުގައި ހިމެނޭ ބޭފުޅުންގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު