މާމެންދޫން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. މާމެންދޫން ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 3:45 އެހައިކަންހާއިރު ކަމަށެވެ. އެޚަބަރު ލިބުމުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިނާއި އެރަށު ރައްޔިތުން ގުޅިގެން ފެށި ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުއްޖާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު ހަވީރު 4:30 އެހައިކަންހާއިރު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އެ ކުއްޖާ މާމެންދޫ ސިއްޙީ މަރުކަޒަށް ގެންދިއުމަށްފަހު ޑޮކްޓަރުގެ ލަފާގެމަތިން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެ ކުއްޖާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް