ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ މިހާރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތު ދޯވާލްއާ ހޯމަދުވަހު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައިވެސް މަޝްވަރާ ކުރައްވާފައިވަނީ އިންޑިއާ ކަނޑުގެ ސުލްޙައާއި ހަމަޖެހުމާ ގުޅޭގޮތުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ގެންދާތީ އެކަމާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެވާހަކަފުޅުތަކުގެ ތެރެއިންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްދާ ޤަވާއިދާ ޚިލާފް މިފަދަ ކަންކަން ދިވެހި ދައުލަތުން ތަހްޤީޤް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި އެކަމަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދުުގެ ފަރާތްޕުޅުން ހާމަކުރައްވާފައިވެއެވެ.
އިންޑިޔާ ހައިކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭ ގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހާމަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު