އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް ޒިޔަތަށް ރުހުން ދޭން ފެންނަކަމަށް ކޮމެޓީން ނިންމައިފި
އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ހަސަން ޒިޔަތަށް ރުހުން ދޭން ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.
އެ ކޮމެޓީން ޒިޔަތަށްވަނީ 93 އިންސައްސަ މާކްސް ދީފައެވެ.
އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ހަސަން ޒިޔަތަށްރުހުންދޭން ފެންނަ ކަމަށް ނިންމާ ރިޕޯޓު މަޖިލީހުގެ ތަޅުމަށްހުށަހަޅައިފިއެވެ.
ޒިޔާތު މިހާރު ހުންނެވީ ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ޗެއަމަން ކަުގެ މަގާމުގަ އެވެ.
ހަސަން ޒިޔަތު އަކީ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް މިދިޔަ މަހު ނެރުއްވި އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކޮރަޕްޝަންގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ. އެންމެ ފަހުން އޮޑިޓަރ ޖެނެރަލް ނެރުވި އޮޑިޓް ރިޕޯޓްގައި، އެމްއެމްޕީއާރުސީން 77 މިލިއަން ރުފިޔާ އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ހަސަން ޒިޔާތުގެ ކޮއްކޮ އަބްދުﷲ ޒިޔަތުގެ އިސް ދައުރެއް އޮތް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ތުހުމަތު ކުރައްވައިފައެވެ.އަބްދުﷲ ޒިޔަތުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ އެ ރިޕޯޓްގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.އޮޑިޓް ގާނޫނަށް ގެނައި ބަދަލަށް ފަހު އޮޑީޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާން ކުރެއްވުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ކިޔުންތެރިންގެ ހިޔާލު