ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ވައިގެ މަގުން މަސްތުވާތަކެރި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަނގުލަދޭޝްގެ 22 އަހަރުގެ ރައްޔިތެއްކަމަށް ފުލުހުން ބުނެއެވެ. އޭނާ ރާއްޖެއަށް އައީ ސިރީލަންކާއިން ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ މި ތަކެތި ފެނިފައި ވަނީ ރޭ ހިންގި އޮޕަރޭޝަންގައި އޭނާ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރުމުން ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ނަމަވެސް އޭނާ އެތެރެކޮށްފައިވަނީ ކޮންބާތެއްގެ މަސްތުވާތަކެއްޗެއް ކަމަށް އަދި އެތަކެތީގެ ބަރު މިނެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު