އެއްލައިދޫ ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި

އެއްލައިދޫ ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗެއް މާލޭ ފަރަށް އަރައި ބަންޑުން ޖަހާލައިފިއެވެ.
އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ޖަރުމަނު ވިލާތުގެ ހަތަރު ފަތުރުވެރިނާއި ތިން ފަޅުވެރިން ތިއްބެވެ. އޭގެން އެއްވެސް މީހަކަށް ބޮޑު އަނިޔަލެއް ނުލިބެއެވެ.
ލޯންޗު ބަންޑުން ޖަހާލާފައިވަނީ، މާލޭ ހުޅަނގު ފަރާތުގައި ހުންނަ ވެސްޓު ޕާކު ރެސްޓޯރަންޓު ކައިރިއަށެެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު