ބައެއް ގާނޫނުތަކުގައި ވަނީ މަރުތަޅު އެޅުވިފައި: ރައީސް ޔާމިން

image

ރާއްޖޭގެ ބައެއް ގާނޫނުތަކުގައި ވަނީ މަރުތަޅު އެޅުވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމް) ގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭ މާލޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ގާނޫނުތަކުގައި މަރުތަޅުތަކެއް އެބަހުރި ކަމަށާއި ހަމަޖެހުން ގެނެވޭނީ އެ މަރުތަޅުތައް ނައްތާލެވިގެން ކަމަށެވެ

"ގާނޫނުތަކުގައި ހުރި ބާގަނޑުތައް ބެއްދުމަށް މަޖިލީހަށް ވާނީ ސަރުކާރުގެ ފަރާތުން ބިލްތަކެއް ހުށަހަޅާފައި. މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން އެ އިސްލާހުތައް ފާސްކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު ވާނީ އެދިފައި،" ރައީސް ޔާމިން ވިދާޅުވިއެވެ.

ގައުމުގެ އަމަން އަމާންކަން އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި މި ސަރުކާރުން ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 "ޒުވާނުން ތަރައްގީ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ކުޅިވަރުގެ ރޮނގުން ނޫން. ކއިގްތިސާދީ ގޮތުން ޒުވާނުން ކުރިއެރުވުމަށް ފުރުސަތު ހޯދައިދީ ތައުލީމު ހޯދޭނެ މަގުތައް ތަނަވަސް ކޮށްދެމުން އަޅުގަނޑުމެން މިގެންދަނީ،"

އެ ގޮތުން ޒުވާނުން އިގްތިސާދުގެ ތެރެއަށް ނެރުމަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ. އެގޮތުން ލޯނު ސްކީމުގެ ތެރެއިން 360 ސްކޮލަޝިޕްގެ ފުރުސަތު ދީފައިވ ކަމަށާއި 1،000 ޒުވާނުންނަށް ރާއްޖޭން ބޭރުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާތެރި ބޮޑެތި ކުށްތައް ކުރާ މިންވަރު 100 ޕަސަންޓުން އިން 35 ޕަސަންޓަށް މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް ގައުމީ ސަލާމަތް ހިމާޔަތްކުރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި އަނިޔާވެރި ކުށްވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. ސަރުކާރުން އަންނަނީ އެ މަސައްކަތައް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް