ޒުވާނުންނަށް ލޯނު ސްކީމެއް ތަޢާރަފް ކޮށްފި

image

ޒުވާނުންނަށް ޚާއްސަ ކޮށްގެން ލޯން ސްކީމެއް މިރޭ ފަށައިފިއެވެ. މިސްކީމް ފަށްޓަވައިދެއްވީ ޒުވާނުންގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިއީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ތަޢާރްފް ކުރިސްކީމެކެވެ. މިސްކީމުގެ ދަށުން 300000 ރުފިޔާއާއި 800،000 ލޯން ދޫކުރާނައެވެ. މިލޯނު ދުކުރުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 8 އިންސައްތަ އިންޓްރެސްޓާއެކުގައެވެ.

މި ލޯނަށް އެދޭ ފޯމު ދޫކުރާނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މިފޯމްތައް ޔޫތުމިނިސްޓްރީގެ އިތުރަށް ރަށްރަށުގެ ކައުންސިލް ތަކުންނާއި ޒުވާނުންގެ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް