ޝާނީޒު ގެއްލުނުތާ އަށްމަސްފަހުން އޭނާހޯދަން އިޢުލާން ކޮށްފި

image

ގެއްލިގެން ޚަބަރެއް ނުވާތާ އަށްމަސް ފަހުން މއ. އަތަރުލާގެ، 36 އަހަރުގެ މުޙައްމަދު ޝާނީޒް، ހޯދުމަށް ފުލުހުން އިޢުލާން ކޮށްފިއެވެ. ފުލުހުންވަނީ އޭނާއާބެހޭ އެއްވެސް މައުލޫމާތެއްވާނަ ފުލުހުންނަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

ޝާނީޒު ވަނީ މިއަހަރުގެ މާރޗް 28 ވަނަ ދުވަހު ހެނދުނު 8:30 ގައި މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި “ދުވާފަރު” ބޯޓުން ދަތުރުކޮށްފައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މުޙައްމަދު ޝާނީޒް އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުގެރޭ ދަންވަރު 2:45 އެހައިކަންހާއިރު ކަމަށެވެ. އޭނާ އެރޭ ފެނިފައިވަނީ “ދުވާފަރު” ބޯޓުގެ ތިރީ ގެގަޑުގެ ކުރީކޮޅުގައި ނިދާފައި އޮއްވާ ބޯޓުގެ ފަޅުވެރިއަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭރު އެބޯޓު ދަތުރު ކުރަމުންދިޔައީ ބ. ދަރަވަންދޫ ބޭރުންނެވެ.

މުޙައްމަދު ޝާނީޒް ބޯޓުގައި ނެތްކަން އެނގުނީ މާރޗް 29 ވަނަ ދުވަހުގެ ހެނދުނު 9:00 އެހައިކަންހާއިރު ރ. ދުވާފަރަށް ބޯޓު ކައިރިކުރުމުން ކަމަށް ބޯޓުގެ ވެރިފަރާތުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މުޙައްމަދު ޝާނީޒް އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ ސްކިނީ ޖީންސެކެވެ. އޭނާއަކީ ހަމުގެ ކުލަ އަލި، ބޮލުގެ އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގު، ހަށިގަނޑު ހިކި، އިސްކޮޅުގައި ގާތްގަނޑަކަށް 05 ފޫޓު 06 އިންޗި ހުންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް