މަސްތުވާ ތަކެއްޗާއެކު 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
މަސްތުވާތަކެއްޗާއެކު ތަފާތު ތިން ތަނަކުން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް ފުލުހުން ބުނެފިއެވެ.
ތަފާތު ތިން މައްބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ވެލިދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިމަސްތުވާތަކެއްޗާއެކު 2 މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިފުލުހުން ބަލަމުންދާ މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު އަތުލައިގެންިފި
ފުލުހުންވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ނ. ވެލިދޫން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. 40 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ވެލިދޫ ފަޅު ގެއެއްގެ ކައިރިން ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ފެނިފައިވަނީ އެ ދެމީހުން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ފަޅުގެ ބަލައިފާސްކުރިއިރު އެގޭ ތެރެއިންނެވެ.
މީގެ އިތުރަށް ފުލުހުންވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއެކު ހުޅުމާލެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނޮވެމްބަރު 16 ވަނަ ދުވަހުގެ 16:50 އެހައިކަންހާއިރުއެވެ.
އެދެމީހުންނަށް ޝައްކުކުރެވިގެން މަޑުކުރަން ފުލުހުން އެންގުމުންމަޑުނުކޮށް ސައިކަލުގައި ދުއްވާފައިގޮސް، އެމީހުންވަނީ 32 ނަމްބަރު ފުލެޓްގެ ވައިގޮޅި ތެރެއަށް އެއްޗެއް އެއްލާލާފައެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އެ ފްލެޓްގެ ވައިގޮޅި، އެ ދެ މީހުންގެ ޙާޟިރުގައި ބަލައި ފާސްކުރިއިރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރަށް ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހަކުވެސްވަނީ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން އަތުލައިގަނެފައެވެ. އުމުރުން 35 އަހަރުގެ އެފިރިހެނެް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޮފް ޑިއުޓީގައި އުޅުނު ފުލުހަކަށް އޭނާއަކީ ހޯދާ މީހެއްކަން ފާހަގަކުރެވުމާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އެކަން އަންގުމަށްފަހު އެތަނުގެ ފުލުހުން ކުރި މަސައްކަތުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 17:45 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވައްކަމުގެ މައްސަލަތުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަތައް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު