ފެންފުށީގައި ސިއްހީ މަރުކަޒެއް އަޅަން އެރަށު މީހަކާ ހަވާލުކޮށްފި
އދ. ފެންފުށީގައިހުރި ސިއްހީމަރުކަޒު ކުޑަވެ އެތަނުން އެކަށީގެންވާ ޚިދުމަތެއް ރައްޔިތުންނަށް ލިބެމުން ނުދާތީ އާ ސިއްހީމަރުކަޒެއް އެޅުމަށް އެރަށު ސަނީބީމް، ނާސިރު މުހައްމަދާ މިއަދު ހަވާލުކޮށްފިއެވެ.
އޭނާއާ އެމަސައްކަތް ހަވާލުކޮށްފައިވަނީ 1.7 މިލިއަން ރުފިޔާއަށް ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް މިއަދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް އެއަގަށް 70 ދުވަސްތެރޭ ނިންމަން ޖެހޭ ޖެހޭ ކަމަށެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ އަލަށް ޢިމާރާތް ކުރާ މަރުކަޒު ނިމުމުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް އެރަށުންވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު