އޮޑިޓަރޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ޒީޔަތުގެ ނަން މަޖިލިހަށް ފޮނުވައިފި

image ހަސަން ޒިޔަތު-ފޮޓޯ ރައީސް އޮފީސް

އޮޑިޓަޖެނެރަލްކަމަށް އައްޔަން ކުރުމަށް އެޗްޑީސީގެ ޗެއާމަންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، އޮޑިޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި، ‏ޤާނޫނު ނަންބަރު ‏‏2014/30 (ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ‏‏‏ގެނައުމުގެ‏‏ޤާނޫނު) ގެ 2 ވަނަ ނަންބަރުގެ (ރ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، ‏‏އެމަޤާމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހެންވޭރު އާހަމަ، ޙަސަން ޒިޔާތުގެ ނަންފުޅު، ‏‏ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޒިޔާތު މިހާރު ހުންނެވީ ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ޗެއަމަން ކަުގެ މަގާމުގަ އެވެ.

ހަސަން ޒިޔާތު އަކީ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް މިދިޔަ މަހު ނެރުއްވި އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކޮރަޕްޝަންގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ.އެންމެ ފަހުން އޮޑިޓަރ ޖެނެރަލް ނެރުވި އޮޑިޓް ރިޕޯޓްގައި، އެމްއެމްޕީއާރުސީން 77 މިލިއަން ރުފިޔާ އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ހަސަން ޒިޔާތުގެ ކޮއްކޮ އަބްދުﷲ ޒިޔަތުގެ އިސް ދައުރެއް އޮތް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އަބްދުﷲ ޒިޔަތުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ އެ ރިޕޯޓްގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

އޮޑިޓް ގާނޫނަށް ގެނައި ބަދަލަށް ފަހު އޮޑީޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާން ކުރެއްވުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement