ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި

image

ކާމިނީ މަގުގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނެއްކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކާމިނީ މަގުގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން ފިހާރަތެރެއަށް ވަދެ އުޅެނިކޮށް ރޭ 02:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

"މާލެ ތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް މި މީހާ ފެނިފައިވަނީ ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވުމާއި ގުޅިގެން އެސަރަޙައްދު ބަލަމުންދަނިކޮށް ފިހާރަ ތެރޭގައި ހުއްޓައި" ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. 

 އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން ފިހާރައިގެ ކޭޝްޑްރޯއަރ ހަލާކޮށްލާފައިވާއިރު ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement