އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅާނެ

image

ދިވެހި ދައުލަތުގެ 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާ ކޮށްފިއެވެ.

 އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭކަމަށް ފިނޭސް މިނިސްޓަރ އަބްދުﷲ ޖިހާދު ވަނީ އަންދާޒާ ކުރައްވައިފައެވެ. ޖިހާދު އެކަން ހާމަކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލިމެންޓަރީ ގުރޫޕު މެމްބަރުންނާ މިދިޔަ މަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 17.95 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓު ޑެފެސިޓު މިއަހަރުގެ ބަޖެޓު ޑެފެސިޓް 4.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭސް މިނިސްޓަރ ވަނީ އަންދާޒާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement