ޑީއާރުޕީގެ ޒައީމްގެ ލަގަބް މައުމޫނަށް އަރުވާނަން- ނަޝީދު

image މުހައްމަދު ނަޝީދު (ކާނަލް) ފޮޓޯ -ސަން

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ބާނީ މައުމޫން އަބްދުލް ގައްޔޫމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޒައީމްގެ ލަގަބު އަރުވާނެ ކަމަށް އެޕާޓީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

މިލަގަބު އެމަނިކުފާނަށް އަރުވާނީ ޑީއާރުޕީގެ ފަސްވަނަ ގައުމީ ކޮންގްރެސް ގެ ޖަލްސާގައި ކަމަށް ކާނަލް ވިދާޅުވިއެވެ.

މީޑީޔާއަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ޑީއާރްޕީން މީގެ ކުރިން ރައީސް މައުމޫނަށް އަރުވާފައިވާ ޒައީމްގެ ލަގަބް އެޕާޓީން އަތުލެއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި މައުމޫނަށް އަލުން އެ ޝަރަފު އެރުވުމަށް ވަނީ ނިންމަފައެވެ.

ދިވެހި ތާރީހު އޮޅުވާނުލުމަށް ބޭނުންވާނަމަ ރައީސް މައުމޫނަށް ޑީއާރްޕީގެ ޒައީމްގެ ލަގަބް އަރުވަންޖެހޭ ކަަމަށާއި، ނަމަވެސް ޑީއާރްޕީގެ އެ ނިންމުން ރައީސް މައުމޫނާ އަދި ހިއްސާކުރައްވާފައި ނުވާ ކަމަށް ޑީއާރްޕީގެ ވަގުތީ ލީޑަރ ވިދާޅުވިއެވެ.

"ރައީސް މައުމޫނަކީ ޑީއާރްޕީގެ ބާނީ. އެމަނިކުފާނަކީ ޑީއާރްޕީ އުފެއްދެވި ލީޑަރު. އެހެންކަމުން ޑީއާރްޕީ އުފެއްދެވި ލީޑަރަކީ އެހެން މީހަކު ކަމަށް ތާރީހުގައި ފޮތުގައި ލިޔެވިފައި އޮތުމަކީ ތާރީހަށް ތެދުވެރި ނުވެވުން ކަމަށް އަޅުގަނޑުމެން ދެކެނީ. ހަމައެއާއެކު ހަގީގަތުގައި އަންނަންއޮތް ޖީލްތަކަށް ޑީއާރްޕީ އުފެއްދެވި ބޭފުޅަކީ ކޮން ބޭފުޅެއްކަން މިޕާޓީގެ ހަގީގީ ޒައީމަކީ ކޮން ބޭފުޅެއްކަން އޮޅިފައި އޮވެގެން ނުވާނެ ކަމަށް އަޅުގަނޑުމެންނަށް ފެނުނީ. އެހެންވެ އެމަނިކުފާނަށް އެ ލަގަބް އަލުން އަރުވަން ނިންމީ،" މީޑީޔާއަށް މައުލޫމާތް ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ ގެ ފަސްވަނަ ގައުމީ ކޮންގްރެސް ބާވަން ނިންމަވަފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް