ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް ދީނީ ތައުލީމު މުހިންމު: ޑރ. ބިލާލް ފިލިޕްސް
ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް ދީނީ ތައުލީމް މުހިންމުކަމަށް ޑރ. ބިލާލް ފިލޕްސް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއް ސަލަފާއި ނޫރުލް އިސްލާމް ގުޅިގެން ރޭ އައްދޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި އިންތިޒާމްކުރި ދަރުހުގައި ތަޤުރީރުކުރައްވަމުން ޑރ. ބިލާލް ފިލޕްސް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތްކުރާ މީހުންނަކީ ދީނީ މައުލޫމާތު އެންމެ އެދެވޭ މިންވަރަށް ލިބިފައިވާ މީހުންނަށް ވުމަކީ މުޖުތަމަޢުއަށް މުހިންމުކަމެއް ކަމަށްށެވެ.މިއަދު ޒުވާނުންނަށް ކުރިމަތި ވެފައިވާ ގިނަ ގޮންޖެހުންތަކަށް އަލި އަޅުވައިލައި އެ ދަރުހުގައ ބިލާލް ފިލިޕްސް ވަނީ ތަޤުރީރުކުރައްވައްވާފައެވެ.
މިގޮތުން ދަރިންތަރުބިއްޔަތު ކުރެވޭ ގޮތުގެ ސަބަބުން ގިނަ މައްސަލަތަކެއް ނުކުންނަ ކަމަށާއި ހޮޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނަމަ އެ ތަރުބިއްޔަތު ކުރާ ބަޔަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލާލް ފިލިޕްސް ވިދާޅުވެފައިވެއެވެ.ހަމައެހެންމެ ގެއާއި ސްކޫލްގައި ވެސް ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދޭންޖެހޭކަން އަލިއަޅުވާލާ ފިލިޕްސް ވަނީ ވާހަކަ ދައްކާފައެވެ.
“އިސްލާމީ ގިއުގަނޑު ތެރޭގައި ދަރިން ތަރުބިއްޔަތު ކުރެވިއްޖެނަމަ މިފަދަ މައްސަލަތަކެއް ނުފެންނާނެކަން ޔަޤީނ،” ފިލިޕްސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިރިއުޅުމުގައި ހާސިލްކުރާނެ ލަނޑުދަނޑިއެއް ކަނޑައެޅުމުގެ މުހިންމު ކަމާއި އެ ލަނޑުދަނޑި އަކީ ސުވަރުގެ ހާސިލްކުރެވެން އޮތް މަގެއް ކަމުގައި ހެދުމަކީ މުހިންމު ކަމުގެ މައްޗައް އަލި އަޅުވާލައި އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
ކިޔުންތެރިންގެ ހިޔާލު