އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ފޮނުވައިފި
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މަޖިލީހަށް ބަޖެޓު ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިއަހަރުގެ ބަޖެޓު ޑެފެސިޓް 4.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭސް މިނިސްޓަރ އަބްދުﷲ ޖިހާދު ވަނީ އަންދާޒާ ކުރައްވައިފައެވެ. ޖިހާދު އެކަން ހާމަކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލިމެންޓަރީ ގުރޫޕު މެމްބަރުންނާ މިދިޔަ މަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިނިސްޓަރ ޖިހާދު ވިދާޅުވީ ސަރުކާރުގެ ލޯންތަކުގެ އަދަދު ނުހިމަނާ މިއަހަރުގެ ބަޖެޓުގެ ޑެފިސިޓް ދެ ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު ކަނޑައެޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓު މިއަހަރުގެ ބަޖެޓަށްވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑުވާނެކަމަށް ފިނޭސް މިނިސްޓަރ އަންދާޒާ ކުރައްވާފައިވީނަމަވެސް، މިއަހަރުގެ ބަޖެޓުވެސް ބޮޑުކަމަށް ބުނެ ޕީޕީއެމުން މީގެ ކުރިން ވަނީ ފާޑުކިޔާފައެވެ. އެކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވެސް ވަނީ އެ ބައްދަލުވުމުގައި ފާހަކަ ކުރައްވައި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު