ޖޭއެސްސީއަށް ވަކީލުންގެ މެމްބަރަކަށް ލަތީފާ ގާސިމް އިންތިހާބުވެ ވަޑައިގެންފި

image

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބު ލަތީފާ ގާސިމް ބޮޑު ތަފާތު އަކުން ކުރި ހޯދާ ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިޚާބު ލަތީފާ ކާމިޔާބުުކުރެއްވީ 238 ވޯޓާއެކުގަ އެވެ. މި އިންތިހާބުގައި ވެވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްށެވެ. އެއީ 163 ވޯޓް އެވެ. މި އިންތިހާބް ގައި ވާދަކުރެއްވި ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 19 ވޯޓެވެ. ގާނޫނީ ވަކީލް މުހައްމަދު ފައިސަލަށް 63 ވޯޓު ލިބިވަޑައިގެންނެވިއިރު، ރުސްދުﷲ އިބްރާހީމަށް ލިބިވަޑައިގަތީ 10 ވޯޓެވެ.

ލަތީފާ އަކީ 2012 ވަނަ އަހަރު ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ހޮވުމަށް މިއަދު އިންތިހާބު ބޭއްވިއިރު މީގެކުރިން މި އިންތިހާބު ބޭއްވުމަށް ވަނީ ދެ ފަހަރެއްގެ މަތިން ވަނީ ތާވަލުކޮށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ދެފަހަރުވެސް އިންތިޚާބު ވަނީ ފަސްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް