ޕޮލިސް ޓްރެއިނިން ސްކޫލު އެޅުމަށް އައްޑޫސިޓީން ބިމެއްދީފި
އައްޑޫ ސިޓީގައި ޕޮލިސް ޓްރެއިނިން ސްކޫލު އެޅުމަށް އެސިޓީގެ ކައުންސިލުން ބިމެއް ހަމަޖައްސައިދީފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ ބިން ހަމަޖައްސައިދީފައިވަނީ އެކަމާ ބެހޭގޮތުން ޑެޕިއުޓީ ކޮމިޝަނަރއޮފް ޕޮލިސް މުހައްމަދު ސާދިގާއި އިންސްޓިޓިއުޓްފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ސުޕްރިންޓެންޑެންޓް ޢަބްދުﷲ ނަވާޒް އައްޑޫ ސިޓީއަށް ވަޑައިގެން އެސީޓިގެ ކައުންސިލާއެކު ކުރެއްވި މަޝްވަރާއަށްފަހު ކަމަށެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ މި އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެބިން ހަމަޖައްސާދީފައިވަނީ އައްޑޫ ސިޓީގެ ހިތަދުއާ ގުޅިފައިވާ ފަޅުރަށްތައް ހިމެނޭ ސަރަހައްދުންނެވެ. އައްޑޫ ސިޓީގައި ކުރިންހުރި ޓްރެއިނިން ސްކޫލްވަނީ 2012 ވަނަ އަހަރު ފެބުރުއަރީ 8 ވަނަ ދުވަހު ހުޅުޖަހައި އަންދާލާފައެވެ.
ޓްރެއިނިން ސްކޫލެއް އެޅުމަށް އަލަށް ހަމަޖައްސައިދިން ބިމުގެ ބޮޑުމިނެއް އެނގިފައެއް ނުވެއެވެ. ފުލުހުން ބުނީ އެބިމުގެ ބޮޑުމިން އަދި ކަށަވަރުވެފައި ނުވާކަމަށެވެ. އެމަޢުލޫމާތު ދޭނީ އައްޑޫ ސިޓީކައުންސިލުން ކަމަށެވެ. ނަަަމަވެސް އެކައުންސިލުން އެމައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު