ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ބައެއް މީހުންގެ މައްޗަށް ދައުވާނުކޮށް ދެވަނަ ފުރުސަތު ދީފި

image

ޖިނާއީ ބޮޑެތި ކުށްތަކަކަށް ތަކަކަށް ތުހުމަތުކުރެވޭ 56 މީހެއްގެ މައްޗަށް ދައުވާނުކޮށް ދެވެނަ ފުރުސަތު ދީފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ދެވަނަ ފުރުސަތު ދިން މީހުންގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަމާ، ޖިންސީ ކުށްތަކުގެ ތުހުމަތުކުރެވޭ 10 މީހަކާ، އަމުރަށް ނުކިޔަމަންތެރިވީ ކަމުގުގެ ތުހުމަތު ކުރެވޭ ހަ މީގެއް އިތުރުން ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުކުރެވޭ 30 މީހުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.  

ޖިނާއީ ބޮޑެތި ތުހުމަތުކުރެވޭ ގިނަބައެއްގެ މައްޗަށް ދުވާ ނުކޮށް އެމީހުންނަށް ދެވަނަ ފުރުސަތު ދީފައިވާއިރު، ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވަނީ ވިދާޅުވެފައިވަނީ، އިތުރު ފުރުސަތު ދިނުމުގައި ހައްދު ކަނޑައެޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގައި އިތުރު ފުރުސަތެއް ނުދެވޭނެކަމަށެވެ. 

ދެވަނަ ފުރުސަތަކަށް އެދި ޕީޖީ އޮފީހަށް 158 މީހެއްގެ މައްސަލަ ހިމަނާފައިވެއެވެ. އޭގެތެރެއިން 83 މައްސަލައެއް ބަލައި ނިމިފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement