ސަރުކާރު ވަޒީފާތަކަށް "ފްރީޒް" ކުރުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
އަންނަ އަހަރު ސަރުކާރު އެއްވެސް ވަޒީފާއައަށް މީހުން ނުނަގާނެކަމަށް ފިނޭސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެފައިވާތީ ރައީސް މަުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މިއަހަރު އޯލެވަލް އަދި އޭލެވަލް ނިންމާ ކުދިންނާމެދު ސަރުކާރުން އަމަލުކުރަން ގަސްދުކުރަނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށްގެން ކިޔަވާ ނިންމާ ކުދިންނަށް ވަޒީފާ ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތްކުރާނެކަމަށެވެ.
" ވަޒީފާއެއް ނެތޭ ވިދާޅުވާއިރު އެ ކުދިންނަށް ކިހިނެތްތޯއޭ ހައްދަވަން ގަސްތު ކުރައްވަނީ؟ ކޮން ތަނަކުންތޯއޭ އެ ކުދިންނަށް ވަޒީފާ ހޯދައިދެއްވަން ގަސްދު ކުރައްވަނީ، އެސްއީޒެޑުންތޯއޭ؟ ތިޔަ ވިދާޅުވާ ތެޔޮ ނެގުމުގެ ވަޒީފާގައިތޯއޭ އުޅުއްވާނީ؟" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރު ސަރުކާރު އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު ވަނީ ވިދާޅުވެފައެވެ.
ޖިހާދު ވިދާޅުވީ އަންނަ އަހަރަކީ "އެމްޕްލޯއީ މަންޓް ފްރީޒް" އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކަނޑައަޅުއްވާފައިވާކަމަށެވެ.
ރޭ ރައްޔތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް 95000 ވަޒީފާގެ ފުރުސަތު އުފައްދެމަށް ހަމަޖައްސާފައިވަނީ، އަމިއްލަ ނުވަތަ ޕްރައިވެޓް ކުންފުނިތަކުން ކަމަށެވެ.
ރާއްޖޭގެ މަސްލަހަތުު ގެއްލިގެންދާއިރު ވެސް ރައީސް ޔާމީން ހުންނަވަނީ ރާއްޖެ އިން ބޭރުގައި ކަމަށާއި އެގޮތަށް ހުންނަވައި ސަރުކާރު ނުހިންގޭނެ ކަމަށް ވެސް އިދިކޮޅުު އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނީ ރައީސް ޔާމީން ރާއްޖޭގައި ހުންނަވައިގެން ކަމަށެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި އިޖުތިމާއީ ސިޔާސަތު ވެސް ހިންގާ މަންޒަރެއް ނުފެންނަކަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް މިދިޔަ ބުރާސްފަތިި ދުވަހުގެ ރޭ ކަނޑާލީ ފުލުހުން ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ. ކަތިވަޅި ހިފައިގެން ފެންފޯއް ރުއްތައް ކަނޑާލުމަށް ފަހު، ސްޕެޝަލް އޮޕަރޭޝަން ފުލުހުން އިސްކަންދަރު ކޮއްޓަށް ވަދެ ފިލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ސްޕެޝަލް އޮޕަރޭޝަންގެ ކޮމާންޑަރު ސަބް އިންސްޕެކްޓަރު އަބްދުﷲ އިބްރާހިމް، މި ދެންނެވި ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އިސްކަންދަރު ކޮށީގައި ފިލުވައި، ފެންފޯއް ރުއްތައް ކެނޑި މީހުން ސަލާމަތްކޮށް އެ ކުރި ކުށުގައި ބޭތިއްބުމަށް އެހީތެރިވަމުންދާ ތަން. މިހެން މިކަން ހިނގަމުންދާއިރު ކެޕިޓަލް ޕޮލިހުން ދަނީ މިދެންނެވި މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތް ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު