މަސައްކަތެއް ނެތިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ހުއްޓާލައިފި
މަސައްކަތެއް ނެތިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ހުއްޓާލައިފިއެވެ.
މަޖިލީހުގެ އިދާއިން ބުނެފައިވަނީ، މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދުގެ ޖަލްސާވެސް ހުއްޓާލާފައިވަނީ ކޮމެޓީތަކުގައި ހުރި މައްސަލަތައް ތަޅުމަށް ހުށަހެޅިފައިނުވާތީކަމަށެވެ.
މިއަދު ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ނިންމާލާފައިވަނީ 9:25 ގައިއެވެ. ޖަލްސާ ފެށިއިރު އެޖެންޑާ ކޮށްފައިވަނީ އެންމެ ދެ މައްސަލައެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރެއްވުމާއި މައާފު ދިނުމާއި އަދަބު ލުއިކުރުމުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. މިދިޔަ ހަފްތާގައިވެސް ބައެއް ޖަލްސާތައް ވަނީ މަސައްކަތެއް ނެތިގެން ހުއްޓާލައިފައެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯދަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު