ޝަހުމްއާއި ލުތުފީއާ ބެހޭ ސައްޙަ މަޢުލޫމާތުދޭ މީހަކަށް 75،000 ރުފިޔާ ދެނީ

image

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ދެމީހުން ކަމަށް ބެލެވޭ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި، ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީއާ ބެހޭ ސައްޙަ މައުލޫމާތު ދޭ ފަރާތަކަށް ސަރުކާރުން 75،000 ރުފިޔާ ދޭނެ ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޢުމަރު ވިދާޅުވީ މިފަަދަ ނުރައްކާތެރި ކުށްވެރިން ޖަލުން ފިލައިގެން އުޅުމަކީ މުޖުތަމަޢަށްއޮތް ނުރައްކަލެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެދެމީހުންނާ ބެހޭ މައުލޫމާތު ދޭފަރާތްތަކުގެ މަޢުލޫމާތު ސިއްރު ކުރައްވާނެ ކަމަށެވެ. އެހެން ކަމުން އެމީހުންގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން އެކަން ފުލުހުންނާ ޙިއްސާ ކުރެއްވުމަށް ޢުމަރު އެދި ވަޑައިގެންނެވިއެވެ.

ޝަހުމް ފިލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ މާފުށީ ޖަލުގެ ގޮޅިއެއް ހަލާކުކޮށްލައިގެންނެވެ. އޭނާއާއެކު ފިލައިފައިވާ ފަރިޔާޝް މިއަދު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އަދިވެސް ޝަހުމް ނުފެނެއެވެ.

ޝަހުމަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިހުރި މީހެކެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ތިން މީހެއްގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

ލުތުފީއަކީ 1988 ވަނައަހަރު ނޮވެންބަރ 3 ވަނަ ދުވަހު ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާގައި ބައިވެރިވެފައިވާތީ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހެކެވެ. އޭނާ ފިލާފައިވަނީ ބާސް ފަރުވާއަށް ޝްރީލަންކާއަށް ފޮނުވުމުންނެވެ.

އޭނާ ލަންކާއަށް ފޮނުވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭނާ ހޯދުމުގެ މަސައްކަތް މިސަރުކާރުންވެސް ދަނި ކުރަމުންނެވެ. އޭނާ ހޯދުމަށް ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަންވެސް ފުލުހުންދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް