ދިގުވާނޑު އަވަށުގައި ބަނގުރާ ކައްކަންތިބި ބަޔަކު އަތުލައިގެންފި

image ފުވައްމުލަކު ޕޮލިސް ސްޓޭޝަން --ފޮޓޯ ޕޮލިސް

ފުވައްމުލަކު ދިގުވާނޑު އަވަށުގެ ޗަސްބިމުގައި ބަނގުރާ ކައްކަންތިބި 4 މީހަކު އަތުލައިގެންފި ކަމަށް ފުލުހުން ބުނެފިއެވެ.

އެމީހުން އަތުލައިގެންފައިވަނީ އޮކްޓޯބަރމަހުގެ 20 ވަނަ ދުވަހުގެރޭ 9.15 އެހައިކަންހާއިރުއެވެ. އެމީހުން އަތުލައިގެންފައިވަނީ އާންމުންގެ ފަރާތުން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮަޕަރޭޝަނެއްގައެވެ.

އެމީހުން ބަނގުރާ ކައްކަން އެވަގުތު ތިބި ތަން ބަލައިފާސް ކުރުމުން ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ކެއްކުމަށް ތައްޔާރު ކޮށްފައިވާ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 30 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް