ޖަލުން ފިލައިގެންއުޅޭ ދެމީހުންގެ ތެރެއިން ފަރިޔާޝް އަތުލައިގެންފި

image ކ-ވ: ނުރައްކާތެރި ދެ ކުއްވެރިން ކަމުގައިވާ އިބްރާޙީމް ޝަހްމު އާދަމް އަދި ފަރިޔާޝް އަޙްމަދު -- ފޮޓޯ: ޑީ.އެން.އާރު

ޖަލުން ފިލައިގެން އުޅޭ ދެ ކުށްވެރިންގެ ތެރެއިން އެކަކު މިއަދު ފުލުހުން އަތުލައިގެންފިއެވެ. މިއަދު އަތުލައިގެންފައިވަނީ ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދެވެ.

އޭނާ އަތުލައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަތުލައިގެންފައިވަނީ ޓަޓިއާންސް ކެފޭ ތެރޭ ކޮފީ ބޯން އިންދައެވެ. ފުލުހުން ބުނީ އޭނާ އަތުލައިގަތް އިރު ސިފަ ބަދަލުކޮށްފައިވާ ކަމަށެވެ.

ފަރިޔާޝް އާ އެކު ޖަލުން ފިލައިފައިވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސްދަނީ ކުރަމުންނެވެ. ނަމަވެސް އަދި އޭނާ ފެނޭ ގޮތެއް ނުވެއެވެ.

މިދެމީހުން ޖަލުން ފިލާފައިވާކަން އެނގިފައިވަނީ މި އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހުގެ ރޭ 20:30 އެކަންހާއިރު އެވެ. އެ މީހުން ފިލިކަން އެނގުމާއެކު ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް