މާލޭ މަގުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
މާލޭ މަގުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ޓަކައި މަގުތައް ތަރައްގީކޮށް ޑިޒައިންކޮށް މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށެވެ.
ޕްރޮޖެކްޓް ޑިޒައިން ކުރުމަށާއި މެނޭޖްމަންޓް ކޮންސަލްޓަންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މިހަފްތާގައި ކުރި ވިއްސާރައިގައިވެސް މާލޭ މަގުތައްމަތީގައި ފެންބޮޑުވެ ބައެއް ވިޔަފާރިވެރިންނާ އާންމުންނަށް ގެއްލުންވެފައިވެއެވެ. އޭގެއިތުރުން މާލޭ މަގުތައް ވަނީ ވަރަށް ބޮޑަށް އަޑިގުޑަންވެފައެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު