އެސްއީޒެޑް ގައި އިސްކަން ދޭނެ އިންވެސްޓުމަންޓުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ކަނޑައެޅުމުގައި އިސްކަން ދޭނެ އިންވެސްޓުމަންޓުތައް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކަނޑައަޅުއްވައިފިއެވެ.
ރައީސް ޔާމީނު ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް ޒޯންތަކުގައި ކުރަން ހުށަހަޅާ އިންވެސްޓްމަންޓް ތަކުގެ ތެރެއިން އިސްކަންދޭނީ އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިން އެކި ބާވަތުގެ މަސައްކަތްތަކަށާއި، ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސަސް އާއި ޔުނިވަސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީ ތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް އަދި އައިސީޓީ އާއި ގުޅޭ ފެސިލިޓިތަކާއި އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރު ތަކަށް ކަމަށެވެ. މީގެ އިތުރުން ހަކަތައިގެ ދާއިރާއާއި، ތެލާއި ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތަކަށް އިސްކަންދޭނެ ކަމަށްވެސް ގަރާރުގައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުށަހެޅޭނީ 150 މިލިއަން ޑޮލަރަށް ވުރެއް ކުޑަ ނޫން އިންވެސްޓްމެންޓެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު