ޖަލުން ފިލި ދެ ގައިދީންނާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
ޖަލުން ފިލި ދެ ގައިދީންނާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހުމަދު މާފުށީ ޖަލުން ފިލާފަައިވާ ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 8:30 ހާއިރުއެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ދެ ކުށްވެރިން ފިލާފައިވާއިރު އެ ދެމީހުންހުންނަކީ ވެސް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ފުލުހުން ބްލެކްލިސްޓުކޮށްފައިވާ ދެ މީހުންނެވެ.
ފުލުހުން ބުނީ ޝަހުމް އާއި ފަރިޔާޝްގެ މައުލޫމާތު އެނގި ހުރެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހިއްސާ ނުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު