ތަހުޒީބު ވެވޭނީ ހާއްސައެހީއަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަަށް އަޅައިލައިގެން: ނައިބު ރައީސް
ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ ހާއްސައެހީއަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށް އަޅާލައިގެންކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ދިނުމަށް ހަމަޖެހިފައިވާ ހާއްސަ ހިދުމަތްތަކާއި މަސައްކަތްތައް އިފުތިތާހު ކުރުމަށް އާޓް ގެލަރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނައުބު ރައީސް ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތައް ފަށައިގަނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެކަމުގެ މަގުސަދަކީ ތަހުޒީބުވުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ އެއްވެސް ކުއްޖަކީ ތައުލީމީ ނިޒާމުން ބާކީ ނުވެ ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަށް ބުންކަމަށް ވެސް ނައުބު ރައީސް ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ދެކެ ލޯބިވުމަކީ "ސަގާފީ ކަންތައްތަކުގެ ގޮތުގައި ދެކި ތުއްތު އަންހެން ކުއްޖާ އަށް ދީނުގެ ނަމުގައި ޖިސްމާނީ އަނިޔާ ނުދިނުމާއި އިސްލާމީ ތަރުބިއްޔަތުގެ ނަމުގައި އެކުދިންނަށް ޖިންސީ ގޯނާ ނުކުރުން. އަދި އެކުދިން ދެކެ ލޯބިވުމަކީ ޖިންސުގެ މައްޗަށް ބިނާކޮށް ތަފާތު ނުކުރުމާއި ތައުލީމާއި ސިއްހީ އެއްވެސް ފުރުސަތަކުން މަހުރޫމް ނުކުރުން،" ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ދެކުނު އޭޝިއާގައި ނަމޫނާ ގައުމަކަށް ވުންކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު