ފްލެޓު ލިބުނު ސިފައިން އިއުލާނުކޮށްފި

ހުޅުމާލޭގައި އިމާރާތް ކުރާ "ސިފްކޯ ހިޔާގެ" 300 ފުލެޓް ލިބުނު ސިފައިންގެ ނަންތައް އިއުލާންކޮށްފިއެވެ.
ފުލެޓުލިބުނު ސިފައިންނަށް ފުލެޓް، ހަވާލު ކުރީ ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފްލެޓު ހޯދުމަށް 1200 މީހުން ކުރިމަތިލިއެވެ. ފުލެޓް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމެވެ.
ސިފައިންނަށް އަނެއްކާވެސް 300 ފުލެޓް އިމާރާތް ކުރަން ނިންމައިފި އެވެ. ފުލެޓް އިމާރާތް ކުރާ ތަނެއް އަދި ހާމައެއް ނުކުރެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު