ރިޟްވާން ގެއްލުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

image

މިނިވަން ނިއުސްގެ ރިޕޯޓަރ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ގެއްލުނު މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ތުޙުމަތުގައިި ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ. މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ޙާޒިރު ކުރުމުން ކޯޓުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދު ކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. 22 އަހަރުގެ ދެ މީހުންނަށް ދީފައިވަނީ 5 ދުވަހެވެ. 24 އަހަރުގެ މީހާއަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލައަކީ ވަރަށް ޚާއްސަކަންދީގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ. މިކަމުގެ ހަގީގަތް ހޯދަން ކިތަންމެ ދުވަހެއް ހޭދަކުރަން ޖެހުންސް ކުރާނެ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ރިޟްވާން ގެއްލިގެން ޕޮލިހަށް އަންގާފައިވަނީ މިއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް