ރައީސް ޔާމީން ޙައްޖަށް ފުރައިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ޙައްޖަށް ފުރައިވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމްވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުންވަނީ ހާމަކުރައްވާފައެވެ.
އެދެކަނބަލުންގެ އަރިހުގައި ޢާއިލާގެ ބައެއް މެންނަރުންވެސް ވަޑައިގެންނެވި ކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ. އެދެބޭފުޅުންނަށް އެއާޕޯޓުން އަލްވަދާޢު ދެންނެވީ ނާއިބު ރައީސް މުޙައްމަދު ޖަމީލާއި، ދައުލަތުގެ ބައެއްވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު