ގޭންގުތަކަށް ނިސްބަތްވާ ގިނަމީހުންގެ ވިސްނުންހުރީ އައިއެސް ފިކުރާ ދިމާއަށް-ރައީސް ނަޝީދު
މާލޭގައި ހަރަކާތްތެރި ވަމުންދާ ގޭންގުތަކަށް ނިސްބަތްވާ ގިނަ ބަޔަކު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ސަރުކާރުން ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށެވެ. ރައީސް ނަޝީދުގެ މިވާހަކަ ފުޅޭ ބެހޭ ގޮތުން ފުލުހުންނަށް ގުޅާލުމުން އެބޭފުޅުން ވިދާޅުވެފައިވަނީ އެއްވެސް ބައެއްގެ ފިކުރު އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވްޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އެގައުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ނަޝީދުވިދާޅުވީ "ފަހަކަށް އައިސް ގޭންގްތަކުގެ ކުދިންގެ ހިތްތަކަށް ބައެއް ބޭފުޅުން، އެ ބޭފުޅުންގެ ނަޒަރުގައި އިސްލާމްދީން މާނަކުރާ ގޮތް ވައްދަވަމުން އެބަ ގެންދަވާ. ގޭންގްތައް ވަރަށް ބޮޑަށް އައިސިސް ޖަމާއަތުގެ ވިސްނުމާ އެއްގޮތަށް ދާތަން އެބަފެނޭ."
ރައީސް ނަސީދު ވިދާޅުވީ އައިއެސް ހަނގުރާމަވެރިން އަމަލު ކުރަމުންދާ ގޮތަށް ގޭންގް ހަރަކާތްތައް ލެނބެމުން ދަނީ އިސްލާމް ދީނުގެ ނަމުގައި ގޭންގް ތަކުގައި ހަރަކާތްތެރިވާ ކުދިންނަށް ބަޔަކު ނުބައި މައުލޫމާތު ދީގެން ކަމަށެވެ.
ގޭންގުތަކުގެ ތެރޭގައި އައިސިސް ޖަމާއަތުގެ ފިކުރު އިތުރުވަމުންދާ ކަމުގެ ހެއްކަކީ ދާދިފަހުން މާލޭގައި ބޭއްވިމުޒާހަރާާ ތެރެއިން ފެނިފައިވަނީ އެގޭންގުތަކުގެ ޒުވާނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ފަހަކަށް އައިސް މިގޭންގްތަކުގެ ކުދިންގެ ހިތްތަކަށް ބައެއް ބޭފުޅުން، އެބޭފުޅުންގެ ނަޒަރުގައި އިސްލާމްދީން މާނަކުރާގޮތް ވައްދަވަމުން އެބަގެންދަވާ. ގޭންގްތައް ވަރަށް ބޮޑަށް އައިސިސް ޖަމާއަތުގެ ވިސްނުމާ އެއްގޮތަށް ދާތަންއެބަފެނޭ.” ނަޝީދު ވިދާޅުވިއެވެ.
އައިއެސްއަކީ އަލްގައިދާ ޖަމައާތަށްފަހު މިހާރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމައާތެވެ. މި ޖަމައާތް ބަލިކޮށްލުމަށް އެމެރިކާ އިސްވެ ވަނީ 40 ގައުމެއް ގުޅިގެން މަސައްކަތް ކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު