ޓީޗާސް އެސޯސިއޭޝަނުން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި
ޓީޗާސް އެސޯސިއޭޝަނުން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި ޓީޗާސް އެސޯސިއޭޝަން (ޓީއޭއެމް) އިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޓީއޭއެމްގެ ރައީސް އާތިފް ޢަބްދުލް ޙަކީމް ވިދާޅުވީ މިބައްދަލު ކުރެއްވުން އޮތި މިއަދު ހެނދުނު 10.00 ގައި ރައީސް އޮފީގައި ކަމަށެވެ. މިބައްދަލުވުމުގައި ޓީޗަރުންގެ ކަންބޮޑުވުންތައް ރައީސަށް ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކިޔަވާކުދިންގެ ނިސްބަތަށް ބަލާއިރު ޓީޗަރުންގެ ޢަދަދު 400 އިތުރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ބޭރު ޓީޗަރުންވެސް ހިމެނޭ ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރެވޭނީ އެމީހުން މަދުކޮށްގެން ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ. ޓީޗަރުންގެ އިތުރަށް އެޑިޔުކޭޝަން މިނިސްޓްރީގައިވެސް މުވައްޒަފުން ގިނަކަމަށް ރައީސް ފާހަގަ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސްގެ އެވާހަކަތަށް ތާއިދު ކުރައްވާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.
ޓީއޭއެމް އަކީ 4000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ޖަމިއްޔާއެކެވެ. ޓީޗަރުންގެ ކަންބޮޑުވުންތަކެއް ހުރެ އެކަން ހައްލު ނުކުރެވި ގިނަދުވަސްވުމުން އެޖަމިއްޔާއިން ވަނީ އިހުތިޖާޖު ކުރުމަށް ނިންމާފައެވެ. ނަމަވެސް ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން އެޑިޔުކޭޝަނާއި އެޖަމިއްޔާއާ މަޝްވަރާ ކުރެވި ކަންކަން ކުރިއަށްދާން ފެށުމުން އިހުތިޖާޖު ކުރުމުގެ ޚިޔާލު މިވަގުތަށްވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު