ރިޟްވާން ގެއްލުނު ގޮތާގުޅޭގޮތުން އެކަށީގެންވާ ޖަވާބެއް ފުލުހުންނެއް ނުދޭ: ރައީސް ނަޝީދު

image

މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިޟްވާން ގެއްލުނު ގޮތާ ގުޅޭގޮތުން އެކަށީގެންވާ ޖަވާބެއް ފުލުހުންނަށް ދެވިފައިނުވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައިވާ ކަންކަން ފުލުހުންތަހުގީގުކުރަން އެދިލައްވާކަމަށެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގެ ސަބަބުން މީހެއްގެ އަބުރަށް، ނަފްސަށް ނުވަތަ ހައްގަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ މައްސަލަ ބަލައި އެ ތުހުމަތުން އެފަދަ މީހުން ބަރީއަކޮށްދިނުމަށް ފުލުހުންގެ ކިބައިންއެދޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެންއިން ހާމަކޮށްފައިވާ ރިޕޯޓުގައި ހިމަނާފައިވާ މީހުންނާއި ރިޟްވާން ގެއްލުމާ އެއްވެސް ގުޅުމެއްނެތް ކަން ކަށަވަރު ކޮށްދިނުމަށް ރިޟްވާންގެ ޢާއިލާއިން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

ޢާއިލާއިން ބުނެފައިވަނީ އެމްޑީއެން އިން މިމަހުގެ 22 ވަނަ ދުވަހު ނެރެފައިވާ ރިޕޯޓަކީ އެއާއިލާއާވެސް އަދި އެހެން އިތުރު ފަރާތަކާ ގުޅުމެއްނެތް މިނިވަން ރިޕޯޓެއް ކަމަށެވެ. އެހެން ކަމުން އެރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ބައްލަވައި ދެއްވުމަށް ފުލުހުންގެ އިދާރާގައި އެދޭ ކަމަށެވެ.

އުމުރު 28 އަހަރުގެ އަހުމަދު ރިޟްވާން އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓު ހަތް ވަނަ ދުވަހުގެ ރޭގައެވެ. އެރޭ އޭނާވަނީ ހުޅުމާލެއަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަދެފައެވެ. އޭނާ އެތަނަށް ވަދެފައިވާ މަންޒަރުވަނީ ސީސީޓީވީ ކެމެރާތަކަށް އަރައިފިއެވެ. އެރޭ އޭނާ ލައިގެންހުރީ ކަޅުކުލައިގެ ފަޓުލޫނަކާއި ގަމީހެކެވެ. ރިޟްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7791120 އާއި 7773250 މި ދެނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އާއިލާއިންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް