ނޫހެއްގެ ނަންފިލާގަނޑު ހިފައިގެން އަޔަސް ވޯޓުލުމުގެ ފުރުސަތު ނުދެވޭނެ-މިނިސްޓަރ

image މިނިސްޓަރ ޢުމަރު ނަސީރު

އެއްގޮތަކަށް ނުނެރޭ ނޫސްމަޖައްލާތަކުގެ ނަންފިލާގަނޑު ހިފައިގެން އަޔަސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް މިނިސްޓަރއޮފް ހޯމް އެފެއާޒް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދުވަސް އަށް މައުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ "ރަޖިސްޓްރީ ކުރުމަށްފަހު އެއްގޮތަކަށްވެސް ނުނެރޭ ނޫސްމަޖައްލާތަކުން އެބައާދޭ ވޯޓުލާން. އެއީ އިންސާފެއް ކަމަށް ނުދެކެން. މީޑިއާ ކައުންސިލުގައި މީޑިއާ ތަމްސީލް ކުރަން ތިބެންވާނީ އެކަމުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން. ބުރަކޮށް މަސައްކަތް ކުރާ ނޫސްވެރިން ތިއްބާ ހަމައެކަނި ނަންފިލާގަނޑެއް ހިފައިގެން އަންނަ ބަޔަކަށް ވޯޓެއް ނުދެވޭނެ،" ކަމަށެވެ.

ޢުމަރު ވިދާޅުވީ މިފަހަރު އެމްއެމްސީގެ އިންތިޚާބުގައި އާންމުގެ ފަރާތުންވެސް ތަމްސީލް ކުރެވޭނީ އާންމުންގެ މީހަކަށް ކަމަށެވެ. ކުރިން މީޑއާގައ މަސައްކަތްކުރާ މީހަކަށްވެސް އިންތިޚާބަށް ކުރިމަތިލެވެއެވެ. "އަޅުގަނޑު ބޭނުންވަނީ ވީހާވެސް އިންސާފުން މިކަންކުރަން. މީޑިއާތަކުން ތިބެންވާނީ މީޑީއާ މީހުން. އާންމުންގެ ފަރާތުން އެމްއެމްސީގައި ތިބެންވާނީ އާންމުން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް 127 ފަރާތަކުން ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 35 ފޯމެއްގައި "ފޭކް ސޮއި" ކޮށްފައިވާ ކަމަށެވެ. އެއްނަމެއްގައި 6 ފޯމް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓު ލެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ 6 މަސްވެފައިވާ ނޫސްމަޖައްލާ ވެބްސައިޓް ފަދަ ތަންތަނަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ނޫސްމަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ ހިންގާ ތަންތަން ދެނެގަތުމަށް ކަމަށެވެ. ނުހިންގާ ތަންތަން މުއްދަތެއް ދިނުމަށްފަހު އުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އިންތިޚާބު ފަސްކުރުމުން ކުރިމަތިލުމުގެ މުއްދަތު ވެސް އިތުރުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ކުރިން ހުށަހެޅި ފަރާތްތަކަށް އަލުން ހުށަހަޅަންނުޖެހޭނެ ކަމަށްވެސް މިނިސްޓަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް