އެމްޑީޕީގެ މެމްބަރުންނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފި

އެމްޑީޕީން ދެން ބާއްވާ ޖަލްސާއަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދޭނެ ކަމުގެ އިންޒާރު ދީފިއެވެ.
އެ އިންޒާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށެވެ.
އީވާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ "ދެން އޮންނަ އެމްޑީޕީގެ ޖަލްސާއެއްގައި ޖާނުން ފިދާވުމުގެ ހަމަލާދީ މަރައި ހުސްކުރާނެ" ކަމަށެވެ. އެހެން ނަމަވެސް އެ މެސެޖު ފޮނުވާފައިވަނީ ކޮން ކޮން ޖަމާއަތަކުންކަމެއް ބުނެފައެއްނުވެއެވެ.
އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅައިފައެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު