ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރަޖިސްޓްރީކުރުމަށް އަންގައިފި

image ހޯމްމިނިސްޓަރ އުމަރު ނަސީރު

ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރަޖީސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު އަންގައިފިއެވެ.

އެމިނިސްޓްރީން މިއަދު ނެރުއްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ޤަވާޢިދުގެ 13 ވަނަ މާއްދާއާއި ޙަވާލާދީ ރަޖިސްޓްރީ ކޮށްގެން ނެރެމުންދާ ނޫސް މަޖައްލާތަކުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާ ތަކުގެ ކޮޕީ 2014 އޮކްޓޯބަރ 30 ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހޭ ކަމަށެވެ.

އަދި އޮންލައިން ނޫސްތަކާ މަޖައްލާ ތަކުން ވެބްސައިޓްގެ އެޑްރެހާ އެކު އެކަން އެގޭނެ ގޮތުގެ ލިޔުމެއް ހުށަހަޅުއްވަންޖެހޭނެކަން ވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ނޫސްމަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން އޮކްޓޯބަރ މަހުގެ 30 ނިޔަލަށް ވަނީ މުއްދަތު ދީފައެވެ. އެތާރީޚާ ހަމައަށް ރީ ރަޖިސްޓްރީކުރުމަށް ހުށަނާޅާ ނޫސް ތަކާއި މަޖައްލާތަކާއި، އޮންލައިން ނޫސްތައް، ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ޤަވާޢިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އުވާލެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް