ސިލްކު ރޫޓް" ގައި ބައިވެރިވުމަށް ނިންމެވުމަކީ އިންޑިއާ ކަނޑުގެ ސުލްހަ ނަގާލުމަށް މިސްރާބު ޖެހުން- ރައީސް ނަޝީދު

image

ޗައިނާގެ "ސިލްކު ރޫޓް" ގައި ބައިވެރިވުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ އިންޑިއާ ކަނޑުގެ ސުލްހަ ނަގާލުމަށް ރައީސް ޔާމީން މިސްރާބު ޖެއްސެވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އާ ޒައާމަތާއެކު ފުރަތަމަ ފަހަރަށް އެމްޑީޕީން ބޭއްވި އާއްމު ބޮޑު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެހެން ގައުމެއްގެ ސިލްކް ރޫޓްގައި ރާއްޖެ އިން ބައިވެރިވާން ނުޖެހޭ ކަމަށެވެ. މީގެއިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިންޑިއާކަނޑުގައި ރާއްޖެ އޮންނަންވާނީ ވަކި އަތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައިކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ކުރެވޭ ހަނގުރާމައެއްގައި ރާއްޖޭގެ މިނިވަންކަމަށް ގެއްލުމެއް ނުވާގޮތަށް ކަމަށެވެ. އަދި ރާއްޖެއަކީ ޗައިނާއާއި އެމެރިކާއާއި އިންޑިއާގެ ރައްޔިތުންވެސް އައިސްގޮސްވާ ޤައުމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިތަނަށް އަބަދުވެސް އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާއި ދަތުރުފަތުރުކުރާ މީހުން އާދޭ. ވަކި ބައެއްގެ ރޫޓެއް މިތާގައި އޮންނާކަށް ނުޖެހޭ. މިއީ ދިވެހިންގެ ގައުމު. މިތާ ތިބޭނީ ދިވެހިން. ޒަމާންތަކެއް ވަންދެން މިތާ ތިބި ބައެއް މިއީ. އަދި އިންޑިޔާކަނޑުގައި ހިދުމަތްކުރަން ތިބި ބައެއް. ޗައިނާ ރައްޔިތުންނަށް ވެސް، އެމެރިކާ ރައްޔިތުންނަށް ވެސް އިންޑިޔާ ރައްޔިތުންނަށް ވެސް މިތާ ރަށްތަކަށް އާދެވޭނެ. މިތާ ރަށްތަކުގައި ބަނދަރުކުރެވޭނެ. އަޅުގަނޑުމެން ނުޖެހޭ ބައެއްގެ ރޫޓެއްގައި ބައިވެރިވާކަށް" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ މިނިވަންކަން ހިފަހައްޓަން ޖެހޭނެ ކަމަށާއި އިންޑިޔާގެ އަމަން ދިވެހިން ބަލަހައްޓައި ދިނުމަކީ އޭރަކު ހުންނަ ރައީސެއްގެ ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޗައިނާގެ މެރިޓައިމް ރޫޓްގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމާފައިވާ ނިންމުން ބަދަލު ކުރެއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް