ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސީޕީ އެދިވަޑައިގެންފި
ދިވެހި ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ވީހާ ވެސް ކައިރިން ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެން ވަހީދު އެދިވަޑައިގެންފިއެވެ.
ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ހަނިމާދޫއަށް ވަޑައިގެން އޭނާ ވިދާޅުވީ، ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރަން ޖެހިފައިވާ ކަމަށެވެ.
" އަމާން ރައްކާތެރި މުޖުތަމައުއެއް ގާއިމްކުރުމަށް ޓަކައި ފުލުހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީކުރަމުން. އެ މަސައްކަތްތައް ކުރަމުން ގެންދަނީ އަޅުގަނޑާއި ހަމައިން ފެށިގެން ކޮންސްޓަލުން ވެސް ހިމެނޭގޮރަތް،"
ކޮމިޝަނަރ ވަނީ ފުލުހުންގެ ތަހުގީގުތަކައިގުޅޭގޮތުންވެސް ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން އަދި ތަހުގީގާ ގުޅޭ ގޮތުން ޖަވާބު ދާރީވާން ޖެހޭ ހުރިހާ ފަރާތްތަކަކަށް ވެސް ޖަބާވުދާރީވަމުން ގެންދާކަމަށެވެ. ތަހުގީގު ހިނގަމުން ދަނިކޮށް ނުވަތަ ތަހުގީގު ފުރިހަމަ ނުކުރެވެނީސް އެފަދަ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ތަހުގީގަކަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއްގެ މަސްލަހަތު ގެއްލުމުގެ ފުރުސަތު އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް. ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކޮންމެ މައްސަލައެއްގެ މައުލޫމާތު ހާމަކުރުމަކީ ފުލުހުންގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވަމުންދާނެ ކަމެއް،"
ފުލުހުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ނުވަތަ ތަހުގީގާ ބެހޭ މައުލޫމާތު ހޯދުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އެހެނިހެން ގޮތް ގޮތުން ޕްރެޝަރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް ކޮމިޝަނަރ އޮފް ޕިލިސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު