މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޗައިނާ ފަތުރުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

މާލޭ މެދު ޒިޔާރަތް މަގުން ރައްޔިތުން މަޖިލިސްކުރާގެ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ޗައިނާ ފަތުރުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެކްސިޑެންޓު ހިނގީ މިއަދު މެންދުރު 2:40 ހާއިރު ޗައިނާ މީހާ މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލެއް އޭނާގެ ގައިގައި ޖެހިގެންކަމަށް މަންޒަރުދުށް މީހަކު މައުލޫމާތުދިނެވެ.

އެ ހާދިސާގައި ޒަހަމްވެފައިވަނީ ޗައިނާ ފަތުރުވެރިއެއްކަމަށް ޖިއާތައި ޖޫ، 50، އެވެ.

އެކްސިޑެންޓު ހިގާފައިވާ ސަރަހައްދަށް "ދުވަސް" ނޫހުގެ ދެ ނޫސްވެރިން ދިޔައިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.

ޗައިނާމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ވެހިކަލެއްގައެވެ. ފުލުހުންގެ ކާރަށް އޭނާ އެރުވިއިރުވެސް ހެއެއްނެތެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓު ވުމުގެ ސަބަބުން އޭނާގެ ކަނދުރާވަނީ ބިންދައިގެންގޮސްފައެވެ. އޭނާގެ ހާލު ސީރިއަސްއެވެ.

އެކްޑިންޓުގައި ސައިކަލުދުއްވި އުމުރުން 19 އަހަރުގެ ދިވެހި ފިިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާއެކު ޓެކްސީއެއްގައިއެވެ. ދިވެހި މީހާގެ ބޮލުންވެސް އިންޗިއްހާތަން ފަޅައިގެންގޮސްފައިހުއްޓެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މިހާރު ހުރީ ހައްޔަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް