ގަމު ކައުންސިލަށް ލަފާއަރުވާ ކޮމެޓީއެއް އެކުލަވާލަން ނިންމައިފި

ހައްދުންމަތީ ގަމު ކައުންސިލް ހަރުދަނާ ކުރުމަށްށާއި ކައުންސިލްގެ ނިންމުންތައް ބައިވެރިވުން އިތުރުކުރުމަށް ކައުންސިލްއަށް ލަަފާ އަރުވާ ކޮމެޓީއެއް އެކުލަވާލަން ނިންމާފިއެވެ.
ގަމު ކައުންސިލް މެންބަރ އަބްﷲ ނާފިޒް ވިދާޅުވީ މި ކޮމެޓީގައި ހިމެނޭނީ ޖުމްލަ 20 މެންބަރުންކަމަށްށެވެ. އެ މެމްބަރުން ހޮވާފައިވަނީ އެ ރަށުގެ ތުނޑި ، މަތިމަރަދޫ، މުކުރިމަގާއި، އަލައް އާބާދުވާ ސަރަހައްދުގެ ރައްޔިތުން ހިމަނައިގެންކަމަށް ނާފިޒު ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ ވޭދެވެދިޔަ ދުވަސްތަކުގައި ކައުންސިލްއިން ކުރި މަސައްކައްތަކަަށް ބަލާއިރު މިފަދަ ކޮމެޓީއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ކައުންސިލަރުންނަކީ ރައްޔަތުންގެ ވޯޓްއިން ހޮވާފައިވާ ބައެއް. އެހެންކަމުން ކައުންސިލް ހަރުދަނާ ކުރުމަށްށާއި ކައުންސިލްގެ ނިންމުންތައް ބައިވެރިވުން އިތުރުކުރުމަށް ކައުންސިލްއަށް ލަަފާ އަރުވާ ކޮމެޓީއެއް އޮތުމަކީ ވަރަށް މުހުންމުކަމެއް،" ނާފިޒް ވިދާޅުވިއެވެ.
މި ކޮމެޓީގައި ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 25 ވަނަ ދުވަހުގެ ކުރިން ރަސްމީ ލިޔުމަކުން ކައުންސިލްއަށް ހުށައެޅުމަށް ގަމު ކައުންސިލްއިން އެދިފައިވެއެވެ.
ގަމު ކައުންސިލްގައި ހިމެނީ އެމްޑީޕީގެ ތިން ކައުންސިލަރުންނާއި ޕީޕީއެމްގެ 2 ކައުންސިލަރުންނާއި ޖޭޕީގެ އެއް ކައުންސިލަރަ އަދި މިނިވަން އެއް ކައުންސިލަރެކެވެ.

ކިޔުންތެރިންގެ ހިޔާލު