ވިލާ ކޮލެޖު ކޮލަމްބޯ ކެމްޕަހުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ސްރީލަންކާގަ ހުންނަ ވިލާ ކޮލެޖު ކެމްޕަހުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮލަމްބޯގައި ވިލާ ކޮލެޖުން ފަށަފައިވާ ކޯސްތަކަކ ޖަރުމަނުގެ ހެއިލްބްރޮން ޔުނިވާސިޓީއާއި ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ. ކޯސްތަކުގެ ތެރޭގައި ބެޗްލާސް އޮފް އާޓްސް އިން ޓޫރިޒަމް މެނޭޖްމަންޓް، ބެޗްލާސް އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް، އިންޓާކަލްޗަރަލް ސްޓަޑީސް ހިމެނޭކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.
ކޯސްތަކުގެ ކިޔެވުން ފަށާގޮތަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހު 6 ވަނަ ދުވަހުއެވެ. ސަރިލަންކާގެ ކޮލަންބޯގައި ފަށާ ޑިގިރީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ދަރިވަރުން އެންރޯލްމަންޓް ފީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ދެއްކޭނެ ކަމަށް އެކޮލެޖުން ހާމަކޮށްފައިވެއެވެ.ކަލަންބޯގައި ފަށާ ކޯސްތަކުގައި ކިޔަވަިދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖު ކޮލޮބޯގެ ލެކްޗަރާއިންނާއި ހެއިލްބޮރޮން ޔުނިވަރސިޓީގެ ލެކްޗަރާއިން ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ސްރީލަންކާގެ ކޮލޮންބޯގައި ވިލާ ކޮލެޖު ކެމްޕަހަކީ ރާއްޖޭގެ ކޮލެޖަކުން ރާއްޖޭން ބޭރު ގައުމެއްގައި ހުޅުވިފުރަތަމަ ކެމްޕަހެވެ. އެ ކެމްޕަސް ހުޅުވައިފައިވަނީ ސިރީލަންކާ ސަރުކާރާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު