ގަމާއި ފޮނަދޫ ގުޅުވައިދޭ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކޮށްފި

image ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިއަދު ބައްދަލުކުރައްވަނީ: ފޮޓޯ ރައީސް އޮފީސ

ހައްދުންމަތީ ގަމާއި ފޮނަދޫ ގުޅުވައިދޭ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.

މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވައިފައިވަނީ ރައީސް އޮފިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢެކެވެ. 15.1 ކިލޯމީޓަރުގެ މިމަގު ހެދުމުގެ މަސައްކަތް ކުރާނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގ ގްރޫޕުންނެވެ.

ހައްދުން މަތީ އަތޮޅު ކައުންސިލުން ބުނެފައިވަނީ މަގުހެދުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިމަގަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްމަގެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް