މާލެ-ހުޅުމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފި

image

މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު އެޅުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާއެކު މިއަދު ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ކޮމާރސް ގައޯ ހޫޗެންގއެވެ.

މި އެއްބަސްވުމާ ބެހޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ދިވެހިސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްހީގައި ވެސް މިއަދު ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ހައްދުންމަތީ ފޮނަދުއާއި ގަން ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމް މިއަދު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ޗައިނާއިން ވަނީ ހުޅުމާލޭ ބޯހިޔާވަހިކަންމުގެ މަޝްރޫ ލުއިލޯނެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ ދަށުން 1500  ހައުސިންޔުނިޓު އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެެއެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) ކަމަށް ރައީސް އޮފީހުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement